އިންޖީނުގެތައް އިންސްޕެކްޓްކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފަށައިފި

gencoverpic

ކަރަންޓުގެ ހިދުމަތްދިނުމަށް ރަށްރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުތަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީ (އެމް.އީ.އޭ.) ގެ ގަވާއިދާއި މިންގަނޑުތަކަށް ފެއްތުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިންޖީނުގެތައް އިންސްޕެކްޓްކުރުމުގެ ޕްރޮގްރާމް އެމް.އީ.އޭ. އިން މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެމް.އީ.އޭ. ގެ ޓީމެއް މާލެއަތޮޅު ގުޅި އަށް މިއަދު ޒިއާރަތްކޮށް އެރަށުގައި އާއްމުކޮށް ކަރަންޓުގެ ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ސްޓެލްކޯ އިންޖީނުގެ އާއި އެ ރަށު ބޯޓުޔާޑަށް ކަރަންޓުދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެ އިންސްޕެކްޓްކުރިއެވެ.

އެ 2 އިންޖީނުގެ އާބެހޭ އިންސްޕެކްޝަން ރިޕޯރޓް އެމް.އީ.އޭ. އިން އަވަސް މުސްތަގުބަލެއްގައި އެކުލަވާލާނެއެވެ. އަދި ބޯޓު ޔާޑު އިންޖީނުގޭން ފާހަގަކުރެވުނު މައްސަލަތައް އިސްލާހުކުރުމަށް އެ އިންޖީނުގެ ހިންގާ ފަރާތަށް އަވަސް މުސްތަގުބަލެއްގައި އެމް.އީ.އޭ. އިން އަންގާނެއެވެ.

Posted on:
މެއި 2nd, 2013

© 2013 Maldives Energy Authority