އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު އިފްތިތާޙުކުރެވިއްޖެ

ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭން ބޭރުން އެތެރެކުރާ އަގުބޮޑު، ތިމާވެއްޓާ ބީރައްޓެހި ވަސީލަތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ގައުމީ ފެންވަރުގައި އަމިއްލަ ފަރުދުންގެ ޙިއްސާ ބޮޑުކުރުމަށްޓަކައި، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަނެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން، “އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު” މިއަދު އިފްތިތާހު ކޮށްފިއެވެ. މިހަފްލާ އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤު އިބްރާހިމް އެވެ. މިކަމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓުގެ އެންޑު އެނަރޖީގެ އިސްވެރިންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޔުޓިލިޓީ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. މިގޮތުން ނެޓް މީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަތުމުން، ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ޖުމުލަ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އިޢާދަކުރަނިވި ... more

Posted on:
ޑިސެންބަރ 30th, 2015

ކަރަންޓުގެ ޚިދުމަތުން ނަގާ އަގު ފާސްކުރުމުގައި ގެންގުޅޭނެ ޢުސޫލުތަކާއި ބެހޭ މައުލޫމާތު ޚިދުމަތް ދޭ ފަރާތްތަކާއި ހިއްސާކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ

މޯލްޑިވިސް އެނާރޖީ އޮތޯރިޓީގެ ފަރާތުން މިހާރު އެކުލަވާލަމުންދާ ކަރަންޓުގެ ޚިދުމަތުން ނަގާ އަގު ފާސްކުރުމުގައި ގެންގުޅޭނެ އުސޫލުތައް ޚިދުމަތް ދޭ ފަރާތްތަކާއި ހިއްސާކުރުމަށް 13 އޯގަސްޓް 2013 ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ. މިބައްދަލުވުން ބޭއްވުނީ ސްޓެލްކޯ އާއި ފެނަކަ ގެ މައި އޮފީހުގައި އެވެ.  އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ ފަރާތުން މި މަޝްރޫއަށް ކަނޑައަޅުއްވާފައިވާ ކޮންސަލްޓަންޓް މރ. ޖޯޖް ބަރޗަރ އާއި އެކު އެމް.އީ.އޭ ގެ ޓެކްނިކަލް ޓީމުން ބައްދަލުވުމުގެ ބައިވެރިންނަށް އަލަށް އެކުލަވާލެވެމުންދާ އުސޫލާބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. ރާއްޖޭގެ އިޤްތިޞޯދަށާއި ... more

Posted on:
އޮގަސްޓް 15th, 2013

© 2013 Maldives Energy Authority